މަރްޔަމް ރިޒްނާ ޢަލީ، މއ.ތުނޑިނޫމާގެ، މާލެ އަދި 5 އެހެނިހެން ވ. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

CASE NO: ICOM-A/2021/10
19 މެއި 2021
މައްސަލަ ރަޖިސްޓްރީ ކުރެވުނު ތާރީޚް : 18 ފެބުރުވަރީ 2021 މައްސަލަ ހުށަހެޅި ފަރާތް : މަރްޔަމް ރިޒްނީ ޢަލީ، ޙައްވާ ރިޒްމާ ޢަލީ، ޢާއިޝަތު ޝިޒްނީ ޢަލީ، ޔާސިރު ޢަލީ، ޢާމިނަތު ރަޝީދާ އަދި ޢާޠިފާ ޢަލީ މައްސަލަ: މިއީ، މައްސަލަ ހުށަހެޅި ފަރާތުން 29 ނޮވެންބަރު 2020 ގައި މައްސަލަ ރައްދުވާ އިދާރާއިން މަޢުލޫމާތު ހޯދުމަށް އެދުމުން، ޤާނޫނު ނަންބަރު: 2014/1 (މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ ދަށުން 21 ދުވަސް ހަމަވިއިރު އެއްވެސް ޖަވާބެއް ދީފައި ނުވާތީ އިންފޮމޭޝަން ކޮމިޝަނަރަށް ހުށަހަޅާފައިވާ މައްސަލައެކެވެ. މައްސަލަ ހުށަހެޅި ފަރާތްތަކުން ހޯދުމަށް އެދިފައިވަނީ، އެ ފަރާތްތައް ހިއްސާވާ، މާހަލް ޓުއަރސް ޕވޓ ލޓޑ ގެ ޑިރެކްޓަރުންގެ ބޯޑުގެ މަޢުލޫމާތާއި އެ ކުންފުނީގެ ިހއްސާގެ މުޢާމަލާތްތަކުގެ މަޢުލޫމާތެވެ. މައްސަލަ ނިމި ފައިލު ކުރެވުނު ތާރީޚް : 18 މާރިޗު 2021 މައްސަލަ ބަލައި ނިންމިގޮތް: ހޯދުމަށް އެދިފައިވާ މަޢުލޫމާތުތަކުގެ ތެރެއިން ޤާނޫނު ނަންބަރު: 2014/1 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤުގެ ޤާނޫނު) ގެ 23 ވަނަ މާއްދާގެ ދަށުން އިސްތިސްނާކުރެވޭ މަޢުލޫމާތުތައް ފިޔަވައި ހޯދުމަށް އެދިފައިވާ މަޢުލޫމާތުގެ ތެރެއިން ދޫކޮށްފައިނުވާ މަޢުލޫމާތުތައް ދޫކުރުމަށް ކަނޑައަޅައި މި މައްސަލަ ވަނީ ނިންމާފައެވެ.