ޝިފާން އަޙްމަދު ވ. މިނިސްޓްރީ އޮފް ހެލްތް

CASE NO: CM-09/2021
27 އެޕްރީލް 2021
މައްސަލަ ރަޖިސްޓްރީ ކުރެވުނު ތާރީޚް : 25 ޖަނަވަރީ 2021 މައްސަލަ ހުށަހެޅި ފަރާތް : އަޙްމަދު ޝިފާން މައްސަލަ: މިއީ، މައްސަލަ ހުށަހެޅި ފަރާތުން މިނިސްޓްރީ އޮފް ހެލްތުން ހޯދުމަށް އެދުނު މަޢުލޫމާތު 21 ދުވަސް ފާއިތުވި އިރު ވެސް ދީފައި ނުވާތީ ޤާނޫނު ނަންބަރު: 2014/1 (މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ 57 ވަނަ މާއްދާގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރަށް ހުށަހަޅާފައިވާ މައްސަލައެކެވެ. ހޯދުމަށް އެދިފައިވާ މަޢުލޫމާތަކީ، ދިވެހިރާއްޖޭގައި ދެވޭ ވެކްސިންތައް ދިނުމުގެކުރިން ބެލުމަށް ކަނޑައެޅިފައިވާ ކޮންޓްރާއިންޑިކޭޝަންތަކެވެ. މައްސަލަ ނިމި ފައިލު ކުރެވުނު ތާރީޚް : 03 ފެބުރުވަރީ 2021 މައްސަލަ ބަލައި ނިންމިގޮތް: މަތީގައި ބަޔާންކުރެވުނު ސަބަބުތަކަށް ބަލާއިރު މައްސަލަ ހުށަހަޅާފައިވާ ފަރާތުންް ހޯދުމަށް އެދިފައިވާ މައުލޫމާތަކީ ޤާނޫނު ނަންބަރު: 2014/1 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ ދަށުން އިސްތިސްނާ ކުރެވޭނެ މައުލޫމާތުކަމުގައި ނުވާތީ މި މައުލޫމާތު ދޫކުރުމަށް ކަނޑައަޅައި މައްސަލަ ނިންމައިފީމެވެ.