ޢަބްދުﷲ ސަޢީދު ވ. ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ

CASE NO: CM-08/2021
14 އެޕްރީލް 2021

މައްސަލަ ރަޖިސްޓްރީ ކުރެވުނު ތާރީޚް : 20 ޖަނަވަރީ 2021

މައްސަލަ ހުށަހެޅި ފަރާތް :  ޢަބްދުﷲ ސަޢީދު

މައްސަލަ:

މިއީ، 19 އޮކްޓޫބަރު 2020 ގައި ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާއިން މަޢުލޫމާތު ހޯދުމަށް އެދުމުން، ޤާނޫނު ނަންބަރު: 2014/1 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ ދަށުން ފުރަތަމަ މަރުހަލާގައި އިންފޮމޭޝަން އޮފިސަރު އެއްވެސް ޖަވާބެއް ދީފައި ނުވާތީ ހުށަހަޅާފައިވާ މައްސަލައެކެވެ.

ޢަބްދުﷲ ސަޢީދު، ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާއިން ހޯދުމަށް އެދިފައިވާ މަޢުލޫމާތަކީ ތިލަދުންމަތީ އުތުރުބުރީ ދިއްދޫގެ ލޭންޑް ޔޫސް ޕްލޭނެއް، ޑިވެލަޕްމަންޓް ޕްލޭނެއް، ނުވަތަ ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭނެއް ހަދާފައިވާނަމަ އެތަކެތީގެ ކޮޕީ އަދި ހއ. ދިއްދޫ އިންޖީނުގޭގެ އައު އިމާރާތް އަޅަން ބޭނުންވާ ސަރަހައްދަކީ ރަށުގެ އިރު ދެކުނު ސަރަހައްދުކަމުގައި ރައްޔިތުންގެ 3 ބައްދަލުވުމުގައި ރައްޔިތުން އިއްތުފާގުވެފައި ވަނިކޮށް އެ ޢިމާރާތް އުތުރު ފެން ޕްލާންޓް ކައިރީ އެޅުމަށް ކައުންސިލުން ބިން ހަމަޖައްސައި ނިންމައިދީފައި ވަނީ ކޮން އުސޫލަކުންކަން އަންގައިދޭ މަޢުލޫމާތެވެ.


މައްސަލަ ނިމި ފައިލު ކުރެވުނު ތާރީޚް : 27 ފެބުރުވަރީ 2021


މައްސަލަ ބަލައި ނިންމިގޮތް:

ހޯދަން އެދިފައިވާ މައުލޫމާތު، ޤާނޫނު ނަންބަރު: 2014/1 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު)ގެ ދަށުން ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާއިން، 7 ދުވަހުގެ ތެރޭގައި ދޫކުރުމަށް އަންގައި މައްސަލަ ނިންމައިފީމެވެ.