މުޙައްމަދު އިބްރާހިމް ދީދީ ވ. މިނިސްޓްރީ އޮފް ޓޫރިޒަމް

CASE NO: CM-07/2021
14 އެޕްރީލް 2021

މައްސަލަ ރަޖިސްޓްރީ ކުރެވުނު ތާރީޚް : 19 ޖަނަވަރީ 2021

މައްސަލަ ހުށަހެޅި ފަރާތް :  މުޙައްމަދު އިބްރާހީމް ދީދީ

މައްސަލަ:

މިއީ، މައްސަލަ ހުށަހެޅި ފަރާތުން 10 ނޮވެމަބަރު 2020 ގައި މައްސަލަ ރައްދުވާ އިދާރާއިން މަޢުލޫމާތު ހޯދުމަށް އެދުމުން، ޤާނޫނު ނަންބަރު: 2014/1 (މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ ދަށުން ފުރަތަމަ މަރުޙަލާގައި އިންފޮމޭޝަން އޮފިސަރު ދިން ޖަވާބާމެދު ހިތްހަމަނުޖެހިގެން މުރާޖާ ކުރުމުން ވެސް ލިބިފައިވާ ޖަވާބާމެދު ހިތްހަމަނުޖެހޭތީ ހުށަހަޅާފައިވާ މައްސަލައެކެވެ.

މި މައްސަލަ އިންފޮމޭޝަން ކޮމިޝަނަރަށް ހުށަހަޅާފައި ވަނީ ޤާނޫނު ނަންބަރު:2014/1 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު)ގެ 41 ވަނަ މާއްދާގެ (ހ) ގައިވާ އިޖުރާތުތައް ފުރިހަމަކުރުމަށް ފަހުގައެވެ.

މުޙައްމަދު އިބްރާހީމް ދީދީ، މިނިސްޓްރީ އޮފް ޓޫރިޒަމުން ހޯދުމަށް އެދިފައިވާ މަޢުލޫމާތަކީ، ލ. އޮޅުވެލީގައި ތަރައްގީކޮށްފައިވާ ސިކްސް ސެންސަސް ލާމު ރިޒޯޓުގެ ލީސް ހޯލްޑްސް ރައިޓް ލެޝަރ ފްރަންޓިއަޒް ޕްރައިވެޓް ލިމިޓެޑަށް ބަދަލު ކުރުމުގެ މައްސަލައިގައި 2020 ވަނަ އަހަރު މައްސަލަ ރައްދުވާ އިދާރާއިން އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުއްވާފައިވާ މައްސަލަ ރައްދުވާ އިދާރާއިން ކުރިން ކަންކުރައްވާފައިވާ ގޮތުގެ ތަފުސީލީ ސިޓީގެ ކޮޕީއެވެ.


މައްސަލަ ނިމި ފައިލު ކުރެވުނު ތާރީޚް : 17 ފެބުރުވަރީ 2021


މައްސަލަ ބަލައި ނިންމިގޮތް:

މައްސަލަ ރައްދުވާ އިދާރާގެ މުރާޖައާ ކޮމިޓީގެ ނިންމުން ރަނގަޅު ނޫން ކަމާއި، ހޯދަން އެދިފައިވާ މަޢުލޫމާތު 07 (ހަތެއް) ދުވަހުގެ ތެރޭގައި ދޫކުރުމަށް އަންގައި، މި މައްސަލަ ވަނީ ކޮމިޝަނަރު ނިންމަވާފައެވެ.