އާމިނަތު ސާޢީދު ވ. މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް

CASE NO: CM-05/2021
14 އެޕްރީލް 2021

މައްސަލަ ރަޖިސްޓްރީ ކުރެވުނު ތާރީޚް : 19 ޖަނަވަރީ 2021

މައްސަލަ ހުށަހެޅި ފަރާތް :  އާމިނަތު ސަޢީދު

މައްސަލަ:

މި މައްސަލައަކީ، މައްސަލަ ހުށަހެޅި ފަރާތުން މައްސަލަ ރައްދުވާ އިދާރާއިން ހޯދުމަށް އެދުނު މަޢުލޫމާތު، 21 ދުވަސް ފާއިތުވި އިރު ވެސް ދީފައި ނުވާތީ، ޤާނޫނު ނަންބަރު: 2014/1 (މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ 57 ވަނަ މާއްދާގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރަށް ހުށަހަޅާފައިވާ މައްސަލައެކެވެ.

މި މައްސަލަ އިންފޮމޭޝަން ކޮމިޝަނަރަށް ހުށަހަޅާފައި ވަނ،ީ ޤާނޫނު ނަންބަރު: 2014/1 (މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ) ދަށުން މި މައްސަލަ ހުށަހެޅުމަށް ޓަކައި ފުރިހަމަކުރަންޖެހޭ އެންމެހައި އިޖުރާއަތުތައް ފުރިހަމަކުރުމަށް ފަހުގައެވެ.

އާމިނަތު ސަޢީދު، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ހޯދުމަށް އެދިފައިވާ މަޢުލޫމާތަކީ، މައްސަލަ ހުށަހެޅި ފަރާތް، މައްސަލަ ރައްދުވާ އިދާރާގެ ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ބަޔާންކޮށް އެ މައްސަލައާ ގުޅޭ ލިޔުންތަކެވެ.


މައްސަލަ ނިމި ފައިލު ކުރެވުނު ތާރީޚް : 03 މާރިޗު 2021


މައްސަލަ ބަލައި ނިންމިގޮތް:

ހޯދަން އެދިފައިވާ މަޢުލޫމާތުގެ ތެރެއިން ޤާނޫނު ނަންބަރު: 2014/1 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ ހަތް ވަނަ ބާބުގައި ބަޔާންކޮށްފައިވާ އިސްތިސްނާ ހާލަތްތަކަށް ފެތޭ މަޢުލޫމާތު އުނިކުރުމަށް ފަހު ދޫކުރުމަށާއި، އިސްތިސްނާކުރެވޭ ސަބަބެއް އޮވެގެން ދިނުމަށް އިންކާރުކުރާ މަޢުލޫމާތު ދޫނުކުރެވޭ ސަބަބު ބަޔާންކުރަންޖެހޭނެ ކަމަށް ކަނޑައަޅައި، 7 ދުވަސް ތެރޭގައި މި މަޢުލޫމާތު ދޫކުރުމަށާއި މި ނިންމުމާމެދު ޢަމަލުކުރިގޮތް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް އެންގުމަށް ކަނޑައަޅައި މި މައްސަލަ ވަނީ ކޮމިޝަނަރު ނިންމަވާފައެވެ.