މުޙައްމަދު އީމާން، ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިލި ކައުންސިލްގެ އިދާރާއިން މަޢުލޫމާތެއް ނުލިބިގެން ހުށަހެޅި މައްސަލަ:

CASE NO: 06/2021
25 ފެބުރުވަރީ 2021

މައްސަލަ ރަޖިސްޓްރީ ކުރެވުނު ތާރީޚް : 20 ޖަނަވަރީ 2021

މައްސަލަ ހުށަހެޅި ފަރާތް :  މުޙައްމަދު އީމާން

މައްސަލަ:

މިއީ، މައްސަލަ ހުށަހެޅި ފަރާތުން، 23 ޑިސެންބަރު 2020 ގައި ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލި ކައުންސިލްގެ އިދާރާއިން މަޢުލޫމާތު ހޯދުމަށް އެދުމުން، ޤާނޫނު ނަންބަރު: 2014/1 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ ދަށުން ފުރަތަމަ މަރުޙަލާގައި އިންފޮމޭޝަން އޮފިސަރު އެއްވެސް ޖަވާބެއް ދީފައި ނުވާތީ ހުށަހަޅާފައިވާ މައްސަލައެކެވެ.

މުޙައްމަދު އީމާން، ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލި ކައުންސިލްގެ އިދާރާއިން ހޯދުމަށް އެދިފައިވާ މަޢުލޫމާތަކީ ރޯހައުސް ޔުނިޓުގެ ޕޮއިންޓް ދިނުމުގެ އުސޫލާ ބެހޭ މަޢުލޫމާތު ހޯދުމަށް އެދިއެވެ.


މައްސަލަ ނިމި ފައިލު ކުރެވުނު ތާރީޚް : 27 ޖަނަވަރީ 2021


މައްސަލަ ބަލައި ނިންމިގޮތް:

ހޯދަން އެދިފައިވާ މަޢުލޫމާތު، ޤާނޫނު ނަންބަރު: 2014/1 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު)ގެ ދަށުން ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލި ކައުންސިލްގެ އިދާރާއިން ދޫކުރުމަށް އަންގައި މައްސަލަ ވަނީ ނިންމާފައެވެ.