މުޙައްމަދު ޒާހިރު، ހއ.ބާރަށު ކައުންސިލްގެ އިދާރާއިން މަޢުލޫމާތެއް ނުލިިބިގެން އިންފޮމޭޝަން ކޮމިޝަނަރަށް ހުށަހެޅި މައްސަލަ:

CASE NO: 03/2021
25 ފެބުރުވަރީ 2021

ވަނީމައްސަލަ ލިބުނު ތާރީޚް : 05 ޖަނަވަރީ 2021

މައްސަލަ ހުށަހެޅި ފަރާތް :  މުޙައްމަދު ޒާހިރު

މައްސަލަ:

މިއީ، މައްސަލަ ހުށަހެޅި ފަރާތުން 01 ޖުލައި 2018 ގައި ހއ. ބާރަށު ކައުންސިލްގެ އިދާރާއިން މަޢުލޫމާތު ހޯދުމަށް އެދި ހުށަހެޅި ފޯމަށް އަދާއި ހަމަޔަށްވެސް އެއްވެސް ޖަވާބެއް ލިބިފައި ނުވާތީއާއި 01 އޮކްޓޫބަރު 2020 ގައި މަޢުލޫމާތު ހޯދުމަށް އެދުމުން، ޤާނޫނު ނަންބަރު: 2014/1 (މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ ދަށުން ފުރަތަމަ މަރުޙަލާގައި އިންފޮމޭޝަން އޮފިސަރު ދިން ޖަވާބާމެދު ހިތްހަމަނުޖެހިގެން މުރާޖާ ކުރުމުން ވެސް ލިބިފައިވާ ޖަވާބާމެދު ހިތްހަމަނުޖެހޭތީ ހުށަހަޅާފައިވާ މައްސަލައެކެވެ.

ހޯދުމަށް އެދިފައިވާ މަޢުލޫމާތަކީ، ފޯމު 1: ހއ. ބާރަށު ފާޠިމަތު ޝަޒީލާ، މިސްކިތު މަސައްކަތު މީހަކަށް ވަގުތީ ގޮތުން ނެރެފައިވާ ތާރީޚާއި ހޭދަކުރި ދުވަހާއި ދެވުނު ފައިސާގެ ތަފުސީލު، ފޯމު 2: ހއ. ބާރަށު އިޖުތިމާއީ ސަރަަހައްދު ކަހާ ސާފުކުރުމަށް ހަަވާލުކުރި އިރު އ ެފަރާތަށް ދިން ފައިސާގެ ތަފުސީލާއި ފައިސާ ހަވާލުކުރި ކަމުގެ ލިޔެކިޔުން، އަދި  މި ފައިސާ ދީފައިވަނީ އެއް މަހަށް ނުވަތަ އެއް އަހަރަށްކަން.


މައްސަލަ ނިމި ފައިލު ކުރެވުނު ތާރީޚް : 27 ޖަނަވަރީ 2021


މައްސަލަ ބަލައި ނިންމިގޮތް:


މައްސަލަ ހުށަހަޅާފައިވާ ފަރާތުން ފޯމުގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މައްސަލަ ބެލޭނެ ގާނޫނީ ޖާގައެއް ނެތް ކަމާއި، ފޯމުގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުނިކެހުމާ ބެހޭ ގޮތުން ހޯދުމަށް އެދިފައިވާ މައުލޫމާތަކީ ދޫކޮށްފައިވާ މައުލޫމާތެއްކަމުގައި ކަނޑައަޅައި މި މައްސަލަ ވަނީ ކޮމިޝަނަރު ނިންމަވާފައެވެ.