މިނިސްޓްރީ އޮފް ޑިފްންސް އިން މަޢުލޫމާތެއް ނުލިބިގެން ހުށަހެޅުނު މައްސަލަ
މައްސަލަ ލިބުނު ތާރީޚް : 08 އޮކްޓޫބަރު 2020
މައްސަލަ ހުށަހެޅި ފަރާތް : އާންމުފަރުދެއް
މައްސަލަ:
ދިވެހިރާއްޖޭގައި މި ވަގުތު އިންޑިއާގެ ސިފައިން އޮޕަރޭޓް ކުރަމުންދާ ހެލިކޮޕްޓަރު ރާއްޖޭގައި އޮޕަރޭޓް ކުރަން ދިވެހި ސަރުކާރާއި އިންޑިއާ އާއި ދެމެދު ވެފައިވާ އެގްރީމަންޓުގެ ކޮޕީ ހޯއްދެވުމަށް އެދި
މައްސަލަ ނިމި ފައިލު ކުރެވުނު ތާރީޚް: 15 އޮކްޓޫބަރު 2020
މައްސަލަ ބަލައި ނިންމިގޮތް
މި މައްސަަލަ މި އޮފީހަށް ހުށަހަޅާފައިވަނީ ޤާނޫނު ނަންބަރު: 1/2014 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު)ގެ 56 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތު ފަހަނައަޅައިދިޔަ ފަހުން ކަމުގައިވާތީ، މި މައްސަލަ މި އޮފީހުގައި ވަނީ ފައިލު ކުރެވިފައި.