މިނިސްޓްރީ އޮފް ފިނޭންސް އިން މަޢުލޫމާތުތަކެއް ނުލިބިގެން ހުށަހެޅުނު މައްސަލަ

CASE NO: 32/2020
23 ނޮވެންބަރު 2020

މައްސަލަ ލިބުނު ތާރީޚް : 29 ސެޕްޓެންބަރު 2020

މައްސަލަ ހުށަހެޅި ފަރާތް : އާންމުފަރުދެއް

މައްސަލަ:

ޝަކުވާ ހުށަހެޅި ފަރާތުން ހޯދުމަށް އެދިފައިވާ މަޢުލޫމާތަކީ، (1) 17 ޖުލައި 2016 ވަނަ ދުވަހު ކުރުނބާ ރިސޯޓްގައި ބޭއްވުނު ރަސްމިއްޔާތުގައި އޭރު އެންސީއައިޓީ ހިންގެވުމާ ހަވާލުވެ ހުންނެވި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު އަޝްމަލީ އާއި މައިކްރޯސޮފްޓް ސްރީލަންކާގެ ފަރާތުން ޑިރެކްޓަރ ޕޫޖިތާ ރާޖަޕަކްސެ ސޮއިކުރައްވާފައިވާ ކޮންޓްރެކްޓްގެ ކޮޕީ، (2) އިއުލާން ނަންބަރު: (IUL)13-K1/13/2016/31އާ ގުޅޭ ޓެންޑަރ އިވެލުއޭޓްކުރެވުނު ގޮތުގެ ޔައުމިއްޔާ އާއި ބިޑާ ގުޅިގެން އިވެލުއޭޓްކުރެވުނުއިރު ވަކިވަކި ލައިސަންސްތަކުގެ އަގު ލިބިފައިވާ ނަމަ އަގުތައް ވަކިން، ނުވަތަ އަގުތައް ލިބިފައިވާ ގޮތުގެ ހުރިހާ ތަފްސީލު، (3) އިއުލާނު ނަންބަރު: (IUL)13-K1/13/2016/31 އާގުޅޭ ބިޑު ކޮމިޓީގައި ހިމެނޭ ބޭފުޅުންގެ ނަންތަކާއި މަގާމު، (4) ދެންނެވުނު އިއުލާނުގައިވާ ގޮތަށް "މިޕްރޮޖެކްޓްގައި ބައިވެރިވެވޭނީ މައިކްރޯސޮފްޓް ލައިސަންސް މެނޭޖްޑް ޕާޓްނަރސްގެ ގޮތުގައި މައިކްރޯސޮފްޓުން ސެޓިފައިކޮށްފައިވާ ރާއްޖޭގެ ކުންފުނިތަކަށެވެ. ވީމާ މި މަސައްކަތށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަކަށް ހުޅުވާލަމެވެ." އިއުލާނާ އެއްގޮތަށް އަމަލުކުރެވިފައިވާނަމަ އެކަމުގެ ތަފްސީލު، ނުކުރާނަމަ ސަބަބާއި އެކަން ޔަގީންކުރެވުނު ނަމަ ކުރި އުސޫލާއި ސެޓިފައިކޮށްފައިވާކަން ޔަގީންކުރި ގޮތް.

މައްސަލަ ނިމި ފައިލު ކުރެވުނު ތާރީޚް: 05 ނޮވެންބަރު 2020

މައްސަލަ ބަލައި ނިންމިގޮތް

ފިނޭންސް މިނިސްޓްރީން ނިންމާފައިވާ ނިންމުން ރަނގަޅު ނޫން ކަމާއި، އެއްބަސްވުމުގެ ކޮޕީ އާއި ވަކިވަކި ލައިސަންސްތަކުގެ އަގު ފިޔަވައި، ހޯދަން އެދިފައިވަނީ އިސްތިސްނާ ހާލަތަށް ފެތޭ މައުލޫމާތެއް ނޫން ކަމަށް ކަނޑައަޅައި، އެ މައުލޫމާތު ދޫކުރުމަށްވަނީ އެންގިފައެވެ.