މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ލިމިޑެޓް އިން މަޢުލޫމާތެއް ނުލިބިގެން ހުށަހެޅުނު މައްސަލަ

CASE NO: 31/2020
23 ނޮވެންބަރު 2020

މައްސަލަ ލިބުނު ތާރީޚް : 24 ސެޕްޓެންބަރު 2020

 

މައްސަލަ ހުށަހެޅި ފަރާތް : އާންމުފަރުދެއް

މައްސަލަ:

ޝަކުވާ ހުށަހެޅި ފަރާތް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ ގައި ވަޒީފާ އަދާކުރަމުން ދަނިކޮށް ވަޒީފާއިން ވަކިކުރި ސަބަބު އަންގައިދޭ ލިޔުމާއި އެ ފަރާތުން ވަޒީފާ އަދާކުރަމުން ދިޔަ ދުވަސްތަކުގައި އެ ފަރާތަށް ނަސޭހަތެއް ނުވަތަ އިންޒާރެއް ދީފައިވާނަމަ އެ ލިޔުންތައް ހޯދައި ދިނުމަށް އެދި

މައްސަލަ ނިމި ފައިލު ކުރެވުނު ތާރީޚް: 04 ނޮވެންބަރު 2020

މައްސަލަ ބަލައި ނިންމިގޮތް

މައްސަލަ ހުށަހެޅުއްވި ފަރާތުން ހޯދުމަށް އެދި ހުށަހަޅާފައިވާ މަޢުލުމާތު ޤާނޫނު ނަންބަރު: 1/2014 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ ދަށުން އެމް.ޓީ.ސީ.ސީން ފޯރުކޮށްދީފައިވާ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ވަނީ ނިންމަވާފައެވެ.