މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އިން މަޢޫލޫމާތެއް ނުލިބިގެން ހުށަހެޅުނު މައްސަލަ
މައްސަލަ ލިބުނު ތާރީޚް : 17 ސެޕްޓެންބަރު 2020
މައްސަލަ ހުށަހެޅި ފަރާތް : އާންމުފަރުދެއް
މައްސަލަ:
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ޖިންސީ ފުރައްސާރަ ކޮމެޓީން މައްސަލަ ހުށަހެޅުއްވި ފަރާތުގެ މައްސަލަ އާ ގުޅިގެން ހޯދާފައިވާ ހެކިތަކާއި، ނަގާފައިވާ ބަޔާން، ތަޙްޤީޤް ރިޕޯޓް، ހުށަހެޅި ޝަކުވާއާއި މައްސަލަ އާ ގުޅުންހުރި އޯޑިއޯ ފައިލްތަކާއި ވީޑިއޯ ފައިލްތައް (ކޮމެޓީ ބައްދަލުވުންތަކުގެ ޔައުމިއްޔާތައް) އަދި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ހުށަހެޅޭ މައްސަލަތަކުގެ ދަފްތަރުގައި ހިމެނިފައިވާ މަޢުލޫމާތުގެ ތެރެއިން މައްސަލަ ހުށަހެޅުއްވި ފަރާތާއި ދެކޮޅަށް ޝަކުވާއެއް ހުށަހެޅިފައިވާނަމަ އެ ޝަކުވާއެއްގެ މަޢުލޫމާތު ހޯދުމަށްއެދި
މައްސަލަ ނިމި ފައިލު ކުރެވުނު ތާރީޚް: 21 އޮކްޓޫބަރު 2020
މައްސަލަ ބަލައި ނިންމިގޮތް
މައްސަލައާމެދު އިންފޮމޭޝަން ކޮމިޝަނަރު ގޮތެއް ނިންމެވުމުގެ ކުރިން މައްސަލަ ހުށަހެޅި ފަރާތުން މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުން ނުވާތީ، އެފަރާތުން މައްސަލަ އަނބުރާ ގެންގޮސްފައިވާތީ މި މައްސަލަ މި އޮފީހުގައި ވަނީ ފައިލު ކުރެވިފައެވެ.