މިނިސްޓްރީ އޮފް ޑިފެންސްއިން މަޢުލޫމާތެއް ނުލިބިގެން ހުށަހެޅުނު މައްސަލަ:

CASE NO: 29/2020
23 ނޮވެންބަރު 2020

މައްސަލަ ލިބުނު ތާރީޚް : 13 ސެޕްޓެންބަރު 2020

މައްސަލަ ހުށަހެޅި ފަރާތް : އާންމުފަރުދެއް

މައްސަލަ:

ދިވެހިރާއްޖޭގައި މި ވަގުތު އިންޑިއާގެ ސިފައިންގެ އޮޕަރޭޓްކުރަމުންދާ ހެލިކޮޕްޓަރާއެކު ރާއްޖޭގައި ޙަރަކާތްތެރިވާ އިންޑިއާ ސިފައިންނާއި، އެ ނޫންވެސް ބޭނުމަށް ތިބި އިންޑިއާ ސިފައިންގެ ޖުމްލަ އަދަދު އަދި އެ ސިފައިންނަށް ދިވެހި ސަރުކާރުން ކުރާ ޚަރަދުތަކުގެ ތަފްސީލު

މައްސަލަ ނިމި ފައިލު ކުރެވުނު ތާރީޚް: 27 އޮކްޓޫބަރު 2020

މައްސަލަ ބަލައި ނިންމިގޮތް

ޤާނޫނު ނަންބަރު: 1/2014 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު)ގެ 59 ވަނަ މާއްދާގެ (ރ) ގައިވާފަދައިން ހުޅުވާލެވިގެން ބޭއްވުނު އާންމު އަޑުއެހުމުގައި މައްސަލަ ހުށަހެޅި ފަރާތުން ހޯދުމަށް އެދިފައިވާ މަޢުލޫމާތުތަކަކީ އިސްވެ ދެންނެވުނު ޤާނޫނުގެ 7 ވަނަ ބާބު (އާންމު މަސްލަހަތަށް އިސްކަންދިނުމާއި އިސްތިސްނާ ހާލަތްތައް) އަށް ފެތޭ މަޢުލޫމާތުތަކެއް ކަމުގައި ވާތީ އެ މަޢުލޫމާތުތަކަކީ ދޫނުކުރެވޭނެ މަޢުލޫމާތުތަކެއް ނޫންކަމަށް އިންފޮމޭޝަން ކޮމިޝަނަރު ވަނީ ކަނޑައަޅުއްވާފައި.