މާލެ ސިޓީ ކައުންސިލުން މަޢުލޫމާތެއް ނުލިބިގެން ހުށަހެޅުނު މައްސަލަ
މައްސަލަ ލިބުނު ތާރީޚް : 24 ސެޕްޓެންބަރު 2020
މައްސަލަ ހުށަހެޅި ފަރާތް : އާންމުފަރުދެއް
މައްސަލަ:
މައްސަލަ ހުށަހެޅުއްވި ފަރާތުގެ ނަމުގައި އަދި އެފަރާތުގެ މައިންބަފައިންނަށް އަދި އަނބި މީހާއަށް ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ނުވަތަ އެޕާރޓުމަންޓެއް، މާލެ، ވިލިވާލެ، ހުޅުމާލެއިން ލިބިފައި ނުވާ ކަމުގެ ލިޔުން ހޯއްދެވުމަށް އެދި
މައްސަލަ ނިމި ފައިލު ކުރެވުނު ތާރީޚް: 27 ސެޕްޓެންބަރު 2020
މައްސަލަ ބަލައި ނިންމިގޮތް
ޤާނޫނު ނަންބަރު: 2014/1 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނު) ގައިވާ ފުރަތަމަ މަރުހަލާ ކަޑައްތުކޮށްފައިނުވާތީ، މި އޮފީހަށް މައްސަލައެއް ހުށަހެޅުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އިޖުރާޢަތްތައް ފުރުހަމަކުރުމަށްފަހު މައްސަލަ ހުށަހެޅުމަށް ވަނީ އެންގިފައެވެ.