އިލެކްޝަންސް ކޮމިޝަންގެ އިދާރާއިން މަޢުލޫމާތެއް ނުލިބިގެން ހުށަހެޅުނު މައްސަލަ

CASE NO: CM-27/2020
23 ނޮވެންބަރު 2020

މައްސަލަ ލިބުނު ތާރީޚް : 08 ސެޕްޓެންބަރު 2020

 

މައްސަލަ ހުށަހެޅި ފަރާތް : އާންމުފަރުދެއް

މައްސަލަ:

އިލެކްޝަންސް ކޮމިޝަންގެ އިދާރާއަށް މައްސަލަ ހުށަހަޅުއްވާފައިވާ ފަރާތުގެ ޕާޓީ މެމްބަރޝިޕް ފޯމް ހޯއްދެވުމަށް އެދި

މައްސަލަ ނިމި ފައިލު ކުރެވުނު ތާރީޚް: 10 ސެޕްޓެންބަރު 2020

މައްސަލަ ބަލައި ނިންމިގޮތް

އިލެކްޝަންސް ކޮމިޝަންގެ އިދާރާއިން ޖަވާބެއް 21 ދުވަހުގެ މުއްދަތުގެ ތެރޭގައި ފޯރުކޮށްދެއްވާފައިވާތީ، ޤާނޫނު ނަންބަރު: 1/2014 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނު) ގެ 41 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން މުރާޖަޢާ ކޮމިޓީއަށް އެ ނިންމުން މުރާޖަޢާކޮށްދިނުމަށް އެދި ހުށަހެޅުމަށް މައްސަލަ ހުށަހެޅުއްވި ފަރާތައް ވަނީ އެންގިފައެވެ.