މިނިސްޓްރީ އޮފް ޑިފެންސް އިން މަޢުލޫމާތެއް ނުލިބިގެން ހުށަހެޅި މައްސަލަ:
މައްސަލަ ލިބުނު ތާރީޚް : 24 އޮގަސްޓް 2020
މައްސަލަ ހުށަހެޅި ފަރާތް : އާންމުފަރުދެއް
މައްސަލަ:
ދިވެހިރާއްޖޭގައި އިންޑިއާގެ ނޭވީގައި ކުރަމުންދާ ޑޯނިއާ މަތިންދާ ބޯޓެއް ބޭނުން ކުރުމާއި ގުޅޭގޮތުން ދިވެހިރާއްޖެއާއި އިންޑިއާ އާއި ދެމެދު ހެދިފައިވާ އެއްބަސްވުމުގެ ކޮޕީ ލިބިފައިވާ ނުވާތީ، އެ މަޢުލޫމާތު ހޯދައި ދިނުން އެދި
މައްސަލަ ނިމި ފައިލު ކުރެވުނު ތާރީޚް: 07 ސެޕްޓެންބަރު 2020
މައްސަލަ ބަލައި ނިންމިގޮތް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޖަވާބެއް ޤާނޫނުގައިވާ މުއްދަތުގެ ތެރޭގައި ފޯރުކޮށްދެއްވާފައިވާތީ، ޤާނޫނު ނަންބަރު: 2014/1 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު)ގެ 41 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން މުރާޖަޢާ ކޮމިޓީއަށް އެ ނިންމުން މުރާޖަޢާކޮށްދިނުމަށް ވަނީ އެންގިފައެވެ.