ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން މަޢުލޫމާތެއް ނުލިބިގެން ހުށަހެޅި މައްސަލަ:

CASE NO: CM-18/2020
12 އޮކްޓޯބަރު 2020

މައްސަލަ ލިބުނު ތާރީޚް: 16 ޖުލައި 2020

 

މައްސަލަ ހުށަހެޅި ފަރާތް : އާންމުފަރުދަކު

މައްސަލަ:

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގައި އޮތް ސިޓީއެއް ހޯއްދަވައިދެއްވުން އެދި.

މައްސަލަ ނިމި ފައިލު ކުރެވުނު ތާރީޚް: 10 އޮގަސްޓު 2020

މައްސަލަ ހުށަހެޅުއްވި ފަރާތުން ހޯއްދެވުމަށް ހުށަހަޅުއްވާފައިވާ ސިޓީއަކީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައި އާކައިވް ކުރެވިފައިވާ މަޢުލޫމާތެއް ނޫންކަމަށް އެ އޮފީހުން މި އޮފީހަށް ވަނީ އަންގާފައެވެ. ޤާނޫނު ނަންބަރު: 1/2014 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގައި ބަޔާންކުރާ ފަދައިން މި އޮފީހަށް ހުށަހެޅޭ މައްސަލަތައް ބެލޭނީ ދަޢުލަތުގެ އިދާރާތަކުން އުފައްދާ ނުވަތަ ގެންގުޅޭ ނުވަތަ ބަލަހައްޓާ މަޢުލޫމާތަކަށްވާތީ މި މައްސަލަ މި އޮފީހުގައިވަނީ ފައިލު ކުރެވިފައެވެ.