އޮޑިޓަރ ޖެނެރަލްގެ އޮފީހުހން މަޢުލޫމާތެއް ނުލިބިގެން ހުށަހެޅި މައްސަލަ:

CASE NO: 17/2020
12 އޮކްޓޯބަރު 2020

މައްސަލަ ލިބުނު ތާރީޚް: 10 ޖޫން 2020

 

މައްސަލަ ހުށަހެޅި ފަރާތް : އާންމުފަރުދަކު

މައްސަލަ:

މައްސަލަ ހުށަހެޅުއްވި ފަރާތުން، އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހޯއްދަވަން ހުށަހަޅުއްވާފައިވާ މަޢުލޫމާތުތަކުގެ ތެރެއިން މައްސަލަ ހުށަހެޅުއްވި ފަރާތުން އޮފީހުގެ ގަވާއިދުތަކަށާއި ސުލޫކީ މިންގަނޑަށް އަމަލުނުކޮށް އޮފީހުގެ އެންގުންތަކަށް ކިޔަމަން ނުވާތީ، އެކަމާ ގުޅޭގޮތުން ހިއުމަން ރިސޯސް ޔުނިޓުން ހުށަހެޅި މައްސަލަ ނިންމި ގޮތުގެ ރިޕޯޓު ތައްޔާރުކުރުމަށް ބޭއްވުނު ކޮމިޓީ ބައްދަލުވުމުގައި ހާޒިރުވި މެމްބަރުން އެނގޭނެހެން އެ ބައްދަލުވުމުގެ ޔައުމިއްޔާ ލިބިފައިނުވާތީ މި މަޢުލޫމާތު ހޯދައިދިނުމަށް އެދި.

މައްސަލަ ނިމި ފައިލު ކުރެވުނު ތާރީޚް: 06 ޖުލައި 2020

މައްސަލަ ބަލައި ނިންމިގޮތް: ޤާނޫނު ނަންބަރު: 1/2014 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ހ) ގައި ވާފަދަ '3 ވަނަ ފަރާތެއްގެ ޒާތީ' މަޢުލޫމާތާއި، އަދި މިނޫނަސް ހަވާލާދެވުނު ޤާނޫނުގެ 7 ވަނަ ބާބު (އާންމު މަސްލަހަތަށް އިސްކަންދިނުމާއި އިސްތިސްނާ ޙާލަތްތައް) އަށް ފެތޭ މަޢުލޫމާތު، އުނިކުރެއްވުމަށްފަހު މައްސަލަ ހުށަހެޅުއްވި ފަރާތަށް ދޫކުރުމަށް އިންފޮމޭޝަން ކޮމިޝަނަރު ވަނީ ނިންމަވާފައި.