މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮަމްޕެނީ ޕވޓ ލޓޑ އިން މަޢުލޫމާތެއް ނުލިބިގެން ހުށަހެޅި މައްސަލަ:

CASE NO: 16/2020
12 އޮކްޓޯބަރު 2020

މައްސަލަ ލިބުނު ތާރީޚް: 12 މާރިޗު 2020

 

މައްސަލަ ހުށަހެޅި ފަރާތް : އާންމުފަރުދަކު

މައްސަލަ:

މާލެ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީގެ ވަޒީފާއިން ވަކިކުރަން ނިންމި ނިންމުމަށް ޙަވާލާދެވިފައިވާ އޮޑިޓް ރިޕޯޓް ހޯއްދަވައިދެއްވުން އެދި

މައްސަލަ ނިމި ފައިލު ކުރެވުނު ތާރީޚް: 07 ޖުލައި 2020

މައްސަލަ ބަލައި ނިންމިގޮތް: މައްސަލަ ހުށަހެޅުއްވި ފަރާތުން، މާލެ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހޯއްދަވަން އެދި ހުށަހަޅުއްވާފައިވާ މަޢުލޫމާތަކީ، ޤާނޫނު ނަންބަރު: 1/2014 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ 7 ވަނަ ބާބު (އާންމު މަސްލަހަތަށް އިސްކަންދިނުމާއި އިސްތިސްނާ ޙާލަތްތައް) އަށް ފެތޭ މަޢުލޫމާތު ކަމުގައި ނުވާތީ މައްސަލަ ހުށަހެޅުއްވި ފަރާތަށް މި މަޢުލޫމާތު ދޫކުރުމަށް އެދި އިންފޮމޭޝަން ކޮމިޝަނަރު ވަނީ ނިންމަވާފައެވެ.