ހދ. ހަނިމާދޫގައި މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

04 ޖުލައި 2018
12 ޖުލައި 2018

އަތޮޅުތަކުގެ އިންފޮމޭޝަން އޮފިސަރުންނާއި ދައުލަތުގެ އިދާރާތަކުގެ ދިވެހި މުވައްޒަފުންނަށް ބާއްވަމުން ގެންދާ ސިލްސިލާ މަސައްކަތު ބައްދަލުވުންތަކުގެ ތެރެއިން 04 ޖުލައި 2018 ވީ ބުދަ ދުވަހު ހދ. ހަނިމާދޫގައި މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.

މިބައްދަލުވުންތަކުގައި އިންފޮމޭޝަން ކޮމިޝަނަރު އޮފީހުން ބައިވެރިވެ ވަޑައިގަތީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އަޙްމަދު ޝިޔާމް އާއި އެސިސްޓެންޓް ޕްރޮގްރާމްސް އޮފިސަރ އަލްފާޟިލް އަބްދުﷲ ރަޝީދު އެވެ. މިބައްދަލުވުމުގައި އެ އަތޮޅުގެ ޖުމްލަ 09 އިދާރާއަކުން 17 މުވައްޒަފުން ބައިވެރިވިއެވެ.

 މި ބައްދަލުވުމުގައި ޤާނޫނު ނަންބަރު: 2014/1 (މަޢޫލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ  ޤާނޫނު) ގައި ހުރި މައިގަނޑު ބައިތައް އެކުލެވޭ ގޮތަށް ޕަވަރޕޮއިންޓް ޕްރެޒެންޓޭޝަން ދިނުންއޮތެވެ. މިބައްދަލުވުމުގައި ޕްރެޒެންޓޭޝަން ހުށަހަޅާ ދެއްވާ  މުވައްޒަފުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އަޙުމަދު ޝިޔާމްއެވެ.

މިއީ އަތޮޅުތަކުގެ ތެރެއަށް އަމާޒުކޮށްގެން ކުރިޔަށްގެންދާ ބައްދަލުވުން ތަކުގެ ތެރެއިން މިއަހަރު ބޭއްވުނު މިފަދަ ދެވަނަ ބައްދަލުވުމެވެ.

  • ފަށާ 04 ޖުލައި 2018 09:00
  • ނިމޭ 04 ޖުލައި 2018 18:00
  • ވަގުތު 9 ގަޑިއިރު
  • ތަން ހދ. ހަނިމާދޫ
  • އޯޑިއަންސް ހދ. ހަނިމާދޫގެ ދައުލަތުގެ އިދާރާތަކުގެ ދިވެިހި މުވައްޒަފުން