މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނަށް އަހުލުވެރިކުރުވުމުގެ ގޮތުން ބާއްވާ ސިލްސިލާ ބައްދަލުވުން - ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް

27 ފެބުރުވަރީ 2018
28 ފެބުރުވަރީ 2018

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނަށް އަހުލުވެރިކުރުމަށް، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ބައްދަލުވުމެއް ބޭއްވުނެވެ. މި ބައްދަލުވުމުގައި އެ އޮފީހުގެ ފަރާތުން 30 ބޭފުޅަކު ބައިވެރިވެ ވަޑައިގަތެވެ.

މި އޮފީހުގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެޑައިގަތީ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޝިޔާމާއި ޕްރޮގްރާމް އޮފިސަރ އަލްފާޟިލާ މަރްޔަމް ޝަރޫނާ އާދިލްއެވެ. މިބައްދަލުވުމުގައި މަޢުލޫމާތު ދެއްވީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އަޙްމަދު ޝިޔާމެވެ.

  • ފަށާ 27 ފެބުރުވަރީ 2018 22:00
  • ނިމޭ 27 ފެބުރުވަރީ 2018 23:00
  • ވަގުތު 1 ގަޑިއިރު
  • ތަން ބވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް
  • އޯޑިއަންސް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ މުވައްޒިފުން