މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނަށް އަހުލުވެރިކުރުވުމުގެ ގޮތުން ބާއްވާ ސިލްސިލާ ބައްދަލުވުން - ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑު

13 ފެބުރުވަރީ 2018
27 ފެބުރުވަރީ 2018

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނަށް އަހުލުވެރިކުރުމަށް، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ބައްދަލުވުމެއް ބޭއްވުނެވެ. މި ބައްދަލުވުމުގައި އެ އޮފީހުގެ ފަރާތުން 89    ބޭފުޅަކު ބައިވެރިވެ ވަޑައިގަތެވެ

މި އޮފީހުގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެޑައިގަތީ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޝިޔާމާއި ކޮމްޕިއުޓަރ ޓެކްނީޝަން އަލްފާޟިލް މުޙައްމަދު އަބްދުﷲ އަދި ޕްރޮގްރާމް އޮފިސަރ އަލްފާޟިލާ މަރްޔަމް ޝަރޫނާ އާދިލްއެވެ. މިބައްދަލުވުމުގައި މަޢުލޫމާތު ދެއްވީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އަޙްމަދު ޝިޔާމެވެ.

  • ފަށާ 13 ފެބުރުވަރީ 2018 08:00
  • ނިމޭ 13 ފެބުރުވަރީ 2018 18:30
  • ވަގުތު 11 ގަޑިއިރު
  • ތަން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑު
  • އޯޑިއަންސް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުގެ މުވައްޒިފުން