މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން މަޢުލޫމާތު ހޯދަން އެދޭ ފޯމު - މަހޯލި ފޯމު

ދައުލަތުގެ އިދާރާއެއްގައިވާ މަޢުލޫމާތަށް އެދި ހުށަހަޅާނީ،  އަންނަނިވި ކަންކަން ހިމެނޭ ގޮތުގެ މަތިން މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯމުން ނުވަތަ އެ ފޯމުގައި ހިމެނިފައިވާ މަޢުލޫމާތު ހިމެނޭ ގޮތަށް އެ އިދާރާއަކުން ތައްޔާރުކޮށްފައިވާ ފޯމަކުންނެވެ.


1. އެ ހުށަހެޅުމަކީ، މި ގަވާއިދުގެ ދަށުން ހުށަހަޅާ ހުށަހެޅުމެއްކަން ސާފުކޮށް ބަޔާންކުރުން.
2. ހޯދާން އެދެނީ ކޮން މަޢުލޫމާތެއްކަން އެނގޭނޭ މިންވަރަށް އެ މަޢުލޫމާތުގެ ތަފުޞީލު، އެ ހުށަހެޅުމުގައި އޮޅުންފިލުވައިދީފައި އޮތުން.
3. މި ގަވާއިދުގެ ދަށުން ދޭންޖެހޭ ނުވަތަ ފޮނުވާންޖެހޭ އެކިއެކި ލިޔުންތައް ފޮނުވާނެ އެޑްރެހެއް ކަނޑައަޅައިފައި އޮތުން.
4. އެ އިދާރާއަކުން އެ މަޢުލޫމާތެއް ބަލާން ނުވަތަ ދޭން ކަނޑައަޅައިފައިވާ ފީއެއް އެ ހުށަހެޅުމާއެކު ދެއްކުން ނުވަތަ އެ ފީއަކަށް ދައުލަތުގެ އެ އިދާރާއަކުން އެދުމުން، އެ ފީއެއް ދައްކާން އެއްބަސްވާކަން ކަށަވަރުކޮށްދިނުން. 
5. މަޢުލޫމާތު ހޯދާން އެދޭ ފަރާތުގެ ނަމާއި އެޑްރެހާއި ގުޅޭނެ ނަންބަރެއް އެނގެން އޮތުން.