ތަޞައްވުރާއި އަމާޒު

އަޅުގަނޑުމެންގެ ތަޞައްޥުރު

އަޅުގަނޑުމެންގެ ތަޞައްޥުރަކީ ދިވެހި ދައުލަތުގެ އެންމެހައި އިދާރާތައް އެއީ ހާމަކަންބޮޑުގޮތެއްގައި މަޢުލޫމާތު ފޯރުކޮށްދީ ރައްޔިތުންނަށް ޖަވާބުދާރީ ވަނިވި އިދާރާ ތަކަކަށް ވުމެވެ.

 

އަޅުގަނޑުމެންގެ އަމާޒު

މަޢުލޫމާތަށް އެދޭ ފަރާތްތަކަށް ޤާނޫނާއި ގަވާއިދުގައި ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތަށް މަޢުލޫމާތު ފޯރުކޮށްދެވޭކަން ކަށަވަރުކުރުމާއެކު،

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނަށް، ކަމާބެހޭ ހުރިހާ އެންމެން އަހުލުވެރިކޮށް ހޭލުންތެރި ކުރުވައި،

މިމަސައްކަތާ ގުޅުންހުރި މުވައްޒަފުންނަށް ތަމްރީނު ދީގެން އެއީ ނަމޫނާ މުވައްޒަފުންކަން ސާބިތުކޮށްދީ،

މަޢުލޫމާތު ބެލެހެއްޓުމުގެ ދާއިރާގެ ބައިނަލްއަޤުވާމީ އިޖުރާއަތުތަކަށާއި މިންގަނޑު ތަކަށް ބަލައި،

މި މަޢުލޫމާތު ރަނގަޅު ފެންވަރުގައި ފޯރުކޮށްދެވޭނެކަން ކަށަވަރުކުރުން.