ކުރީގެ އިންފޮމޭޝަން ކޮމިޝަނަރުން

ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު، މާޒީ/ލ. މާވަށް

މުއްދަތު : 2014 ޖުލައި 22 އިން 2019 ޖުލައި 21 އަށް

އަލްއުސްތާޛު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރަކީ، ރާއްޖޭގެ އެންމެ ފުރަތަމަ އިންފޮމޭޝަން ކޮމިޝަނަރެވެ. އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ، 22 ޖުލައި 2014 ގައި އޭރުގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ.

ޢަބްދުލްޢަޒީޒު ވަނީ، ތައުލީމީ ދާއިރާއާއި އަތޮޅުތައް ހިންގުމުގެ ދާއިރާއާއި ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ދުވަސްތަކެއްގައި ޚިދުމަތްކުރައްވައިފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރުކަން ވެސް ކުރައްވައިފައެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ލޯގޯގެ އަސްލު ފަރުމާ ކުރެއްވުމާއި މަޢުލޫމާތު ހޯދައި، ލިބިގަތުމުގެ ހައްޤުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދާއި ބައެއް އުސޫލުތައް ހެއްދެވުމުގައި އޭނާ ވަނީ މުހިންމު މަސައްކަތްޕުޅުތަކެއް ކުރައްވައިފައެވެ.

ޢަބްދުލްޢަޒީޒުގެ ކޮމިޝަނަރުކަމުގެ 5 އަހަރުގެ ދައުރު ހަމަކުރައްވައި ވަކިވެވަޑައިގެންފައި ވަނީ، 21 ޖުލައި 2019 ގައެވެ.