ސ. ހުޅުމީދޫގައި މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

26 ނޮވެންބަރު 2018
25 ނޮވެންބަރު 2018
28 ނޮވެންބަރު 2018

އަތޮޅުތަކުގެ އިންފޮމޭޝަން އޮފިސަރުންނާއި ދައުލަތުގެ އިދާރާތަކުގެ ދިވެހި މުވައްޒަފުންނަށް ބާއްވަމުން ގެންދާ ސިލްސިލާ މަސައްކަތު ބައްދަލުވުންތަކުގެ ތެރެއިން 26 ނޮވެމްބަރ 2018 ވީ ހޯމަ ދުވަހު ސ.ހުޅުމީދޫގައި މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.

މިބައްދަލުވުންތަކުގައި އިންފޮމޭޝަން ކޮމިޝަނަރު އޮފީހުން ބައިވެރިވެ ވަޑައިގަތީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އަޙްމަދު ޝިޔާމް އާއި ޕްރޮގްރާމްސް އޮފިސަރ އަލްފާޟިލާ މަރްޔަމް ޝަރޫނާ ޢާދިލް އެވެ. މިބައްދަލުވުމުގައި މި ދެ ރަށުގެ ޖުމްލަ 12 އިދާރާއަކުން 19 މުވައްޒަފުން ބައިވެރިވިއެވެ.

 މި ބައްދަލުވުމުގައި ޤާނޫނު ނަންބަރު: 2014/1 (މަޢޫލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ  ޤާނޫނު) ގައި ހުރި މައިގަނޑު ބައިތައް އެކުލެވޭ ގޮތަށް ޕަވަރޕޮއިންޓް ޕްރެޒެންޓޭޝަން ދިނުންއޮތެވެ. މިބައްދަލުވުމުގައި ޕްރެޒެންޓޭޝަން ހުށަހަޅާ ދެއްވާ  މުވައްޒަފުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އަޙުމަދު ޝިޔާމްއެވެ.

މިއީ އަތޮޅުތަކުގެ ތެރެއަށް އަމާޒުކޮށްގެން ކުރިޔަށްގެންދާ ބައްދަލުވުން ތަކުގެ ތެރެއިން މިއަހަރު ބޭއްވުނު މިފަދަ ތިންވަނަ ބައްދަލުވުމެވެ.

  • ފަށާ 25 ނޮވެންބަރު 2018 09:00
  • ނިމޭ 26 ނޮވެންބަރު 2018 18:00
  • ވަގުތު 1 ދުވަސް
  • ތަން ސ. އަތޮޅު މަދަރުސާ
  • އޯޑިއަންސް ސ. ހުޅުމީދޫގެ ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުނއް