އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ މަތީ ގްރޭޑް ތަކުގެ ދަރިވަރުންނަށް ބޭއްވި މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

12 މާރިޗު 2017
26 މާރިޗު 2017

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނަށް ސްކޫލްތަކުގެ މަތީ ގްރޭޑްތަކުގެ ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގެ ގޮތުން ބާއްވަމުންދާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ގްރޭޑް  9، 10، 11 އަދި 12 ގެ ދަރިވަރުންނަށް ވަނީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވާފައެވެ . މި ބައްދަލުވުމުގައި 118 ދަރިވަރުން ބައިވެރިވިއެވެ.

    

        ބައްދަލުވުމުގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބައިވެރިވެ ވަޑައިގަތީ ޑިރެކްޓަރ ޖެނެރަލް، އަލްފާޟިލް އަޙްމަދު ޝިޔާމާއި އ.ޕްރޮގްރާމް އޮފިސަރ އަލްފާޟިލް މުޙައްމަދު ޝަރީފެވެ. މިބައްދަލުވުމުގައި ޕްރެޒެންޓޭޝަން ހުށަހަޅުއްވައިދެއްވާ ދަރިވަރުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވީ އިންފޮމޭޝަން ކޮމިޝަނަރު އޮފީހުގެ ޑިރެކްޓަރ ޖެނެރަލް، އަލްފާޟިލް އަޙްމަދު ޝިޔާމެވެ.

  • ފަށާ 12 މާރިޗު 2017 11:30
  • ނިމޭ 12 މާރިޗު 2017 12:00
  • ވަގުތު 30 މިނެޓް
  • ތަން އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ
  • އޯޑިއަންސް އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ 9 ،10،11 އަދި 12ގެ ދަރިވަރުން