ދަރުމަވަންތަ ސްކޫލްގެ މަތީ ގްރޭޑް ތަކުގެ ދަރިވަރުންނަށް ބޭއްވި މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

26 ފެބުރުވަރީ 2017
08 މާރިޗު 2017

    މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނަށް ސްކޫލްތަކުގެ މަތީ ގްރޭޑްތަކުގެ ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގެ ގޮތުން ބާއްވަމުންދާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ދަރުމަވަންތަ ސްކޫލުގެ ގްރޭޑް 9 އަދި 10 ގެ ދަރިވަރުންނަށް ވަނީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވާފައެވެ . މި ބައްދަލުވުމުގައި 250  ދަރިވަރުން ބައިވެރިވިއެވެ.

    ބައްދަލުވުމުގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބައިވެރިވެ ވަޑައިގަތީ ޑިރެކްޓަރ ޖެނެރަލް، އަލްފާޟިލް އަޙްމަދު ޝިޔާމާއި އ.ޕްރޮގްރާމް އޮފިސަރ އަލްފާޟިލް މުޙައްމަދު ޝަރީފެވެ. މިބައްދަލުވުމުގައި ޕްރެޒެންޓޭޝަން ހުށަހަޅުއްވައިދެއްވާ ދަރިވަރުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވީ އިންފޮމޭޝަން ކޮމިޝަނަރު އޮފީހުގެ ޑިރެކްޓަރ ޖެނެރަލް، އަލްފާޟިލް އަޙްމަދު ޝިޔާމެވެ.

  • ފަށާ 26 ފެބުރުވަރީ 2017 07:15
  • ނިމޭ 26 ފެބުރުވަރީ 2017 07:40
  • ވަގުތު 25 މިނެޓް
  • ތަން ދަރުމަވަންތަ ސްކޫލް
  • އޯޑިއަންސް ދަރުމަވަންތަ ސްކޫލްގެ ގްރޭޑް 9 އަދި 10 ގެ ދަރިވަރުން