މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލިޕްމަންޓުން މަޢުލޫމާތެއް ނުލިބިގެން ހުށަހެޅި މައްސަލަ:

CASE NO: 2020/12
15 މާރިޗު 2020

މައްސަލަ ލިބުނު ތާރީޚް : 27 ފެބުރުވަރީ 2020

 

މައްސަލަ ހުށަހެޅި ފަރާތް : އާންމުފަރުދެއް

މައްސަލަ

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ)ގެ މާލީ އެހީގައި ރާއްޖޭގެ ޤާއިމުކުރަމުންދާ ނޭޝަނަލް ސިންގްލް ވިންޑޯ ޕްރޮޖެކްޓަށް އައި.ޓީ ސްޕެޝަލިސްޓެއް ހޯދުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން 28 އޭޕްރީލް 2019 ގައި ކޮށްފައިވާ އިއުލާނަކާ ގުޅިގެން އެ މަޤާމަށް މީހަކު ހަމަޖެއްސުމުގައި އިޖުރާއާތުތައް ފުރިހަމަކޮށްފައިވާކަން ޔަގީންކުރުމުގެ ގޮތުން އެ މަގާމަށް ހޮވުނު ފަރާތް ފިޔަވައި ދެންތިބި 3 ކެންޑިޑޭޓުންނަށް ކޮންމެ ކެޓެގަރީއަކުންވެސް ލިބިފައިވާ މާކުސް ލިބިފައި ނުވާތީ، އެ މަޢުލޫމާތު ހޯދައި ދިނުން އެދި.

 

މައްސަލަ ނިމި ފައިލު ކުރެވުނު ތާރީޚް: 27 ފެބުރުވަރީ 2020

މައްސަލަ ބަލައި ނިންމިގޮތް

މައްސަލާގައި ކަންހިނގާފައިވާ ގޮތްތަކަށާއި، މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ނަޒަރުކޮށް ބެލި ހިނދު، މައްސަލަ ހުށަހެޅުއްވި ފަރާތުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހޯދަން ހުށަހަޅާފައިވާ މަޢުލޫމާތަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 7 ވަނަ ބާބު (އާންމު މަސްލަހަތަށް އިސްކަންދިނުމާއި އިސްތިސްނާ ހާލަތްތައް) އަށް ފެތޭ މަޢުލޫމާތަކަށް ނުވާތީ، އަދި މީގެ ކުރިންވެސް މިފަދަ އެހެން މައްސަލައެއްގައި މިނިސްޓްރީން މަޢުލޫމާތު ދީފައިވާތީ މި މަޢުލޫމާތު މައްސަލަ ހުށަހެޅި ފަރާތައް ދޫކުރަން ޖެހޭނެކަމަށް ނިންމުނެވެ.