ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން މަޢުލޫމާތު ނުލިބުމުން ހުށަހެޅި މައްސަލަ:

CASE NO: 39/2019
15 މާރިޗު 2020

މައްސަލަ ލިބުނު ތާރީޚް : 02 ޑިސެންބަރު 2019

މައްސަލަ ހުށަހެޅި ފަރާތް : ޢާންމު ފަރާތަކުން

މައްސަލަ

2019 ވަނަ އަހަރު އެޒް.އެސް.ސީ އަދި އެސް.އެސް.ސީ އިމްތިހާނުގެ އެގްޒެމިނަރުންގެ ކޮމެޓީ،އޮޑިޓަރ އަދި މޮޑަރޭޓަރުންނަށް ކުރިމަތިލެއްވި ބޭފުޅުންނަށް ލިބިފައިވާ ފޮއިންޓްތަކާއި ފޮއިންޓް ދީފައިވާ ގޮތުގެ ތަފްސީލު އަދި 2017 ވަނަ އަހަރު އެފަރާތުން ޑީ.ޕީ.އީ އާއެކު ހަދާފައިވާ އެގްރީމަންޓުގެ ކޮޕީ ލިބިފައި ނުވާތީ، މަޢުލޫމާތު ހޯދައި ދިނުން އެދި.

މައްސަލަ ނިމި ފައިލު ކުރެވުނު ތާރީޚް: 17 ޑިސެންބަރު 2019

މައްސަލަ ބަލައި ނިންމިގޮތް

އެދިފައިވާ މަޢުލޫމާތުތަކުގެ ތެރެއިން މަޢުލޫމާތު ހޯދައި ލިބިގަތުގެ ޙައްޤުގެ ޤާނޫނުގެ 4 ވަނަ މާއްދާ ގެ (ހ) ގައިވާ ގޮތުމުގެ މަތިން ކަމާގުޅުންހުރި އިދާރާއަށް އެންގުމުން އެ އިދާރާއިން އެފަރާތަށް މަޢުލޫމާތު ފޯރުކޮށްދިން.