މޯލްޑިވްސް ކަރެކްޝަން ސަރވިސް އިން މަޢުލޫމާތު ނުލިބުމުން ހުށަހެޅި މައްސަލަ:

CASE NO: 25/2018
04 ސެޕްޓެންބަރު 2019

މައްސަލަ ލިބުނު ތާރީޚް : 08 އޮގަސްޓް 2018

މައްސަލަ ހުށަހެޅި ފަރާތް : ސިޔާސީ ޕާޓީއަކުން

މައްސަލަ:

އެދިފައިވާ މަޢުލޫމާތު ލިބިފައި ނުވާތީ، މަޢުލޫމާތު ހޯދައި ދިނުން އެދި.

މައްސަލަ ނިމި ފައިލު ކުރެވުނު ތާރީޚް:  14 އޮގަސްޓް 2018

މައްސަލަ ބަލައި ނިންމިގޮތް:

މިޤާނޫނުގެ 7 ވަނަ މާއްދާގެ (ހ) ގައިވާ މުއްދަތު ކަމުގައިވާ 21 (އެކާވީސް) ދުވަސް މަރުހަލާގައި މަޢުލޫމާތު ފޯރުކޮށްދިނުމަށް އޮންނަ މުއްދަތު ކަމުގައިވީހިދު މި މުއްދަތުގެ ތެރޭގައި އެ އިދާރާ އަކުން މަޢުލޫމާތު ދޫކޮށްފައި ނުވާނަމަ ބަޔާން ކުރެވިފައިވާ ޤާނޫނުގެ 11 ވަނަ މާއްދާގެ (ށ) ގައިވާ ފަދައިން ހޯދުމަށް އެދިފައިވާ މަޢުލޫމާތު އެ އިދާރާއަކުން ދޫނުކުރީ ކަމުގައި ބެލެވޭނެ ކަމަށާއި އަދި މި ޤާނޫނުގެ 57 ވަނަ މާއްދާގެ (ރ) ގައި ބަޔާން ކޮށްފައިވާ ފަދައިން މި އޮފީހަށް މައްސަލަ ހުށަހެޅިދާނެ ކަމުގައި އެންގުނު.