މާޅޮސް މަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާއިން މަޢުލޫމާތު ނުލިބުމުން ހުށަހެޅި މައްސަލަ:

CASE NO: 19/2018
25 އެޕްރީލް 2019

މައްސަލަ ލިބުނު ތާރީޚް : 13 މެއި 2018 

މައްސަލަ ހުށަހެޅި ފަރާތް : އާންމު ފަރާތަކުން

މައްސަލަ:

ހުށަހަޅާފައިވާ ފޯމުގައި އެދިފައިވާ މަޢުލޫމާތުގެ ތެރެއިން ބައެއް މަޢުލޫމާތު ލިބިފައި ނުވާތީ، މަޢުލޫމާތު ހޯދައި ދިނުން އެދި.

މައްސަލަ ނިމި ފައިލު ކުރެވުނު ތާރީޚް: 23 މެއި 2018 

މައްސަލަ ބަލައި ނިންމިގޮތް:

ކައުންސިލުން ހާމަ ކޮށް ހިފެހެއްޓި މަޢުލޫމާތަކީ، މިޤާނޫނުގެ 7 ވަނަ ބާބުގެ ދަށުން އިސްތިސްނާއީ ޙާލަތުގައި ހިފެހެއްޓީފައިވާ މަޢުލޫމާތު ކަމަށްވާތީ، ހޯދަން އެދިފައިވާ ބައެއް މަޢުލޫމާތަކީ މި ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގައިވާ ފަދައިން ތިންވަނަ ފަރާތުގެ މަޢުލޫމާތު ހާމަނުކޮށް ހިފެހެއްޓި ދާނެ މައުލޫމާތު ކަމުން، 23 ވަނަ މާއްދާގެ (ށ) ގައި ބުނާފަދަ ޙާލަތެއް މިމައްސަލާގައި މެދުވެރިވެފައި ވާކަމަށް ޤާބޫލު ނުކުރެވޭތީ، ކައުންސިލުން ބައެއް މަޢުލޫމާތު ހާމަކުރަން ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ އެއްވެސް ޤާނޫނީ ހަމައެއް ނެތް ކަމަށް އެންގުނު