ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާއިން މަޢުލޫމާތު ނުލިބުމުން ހުށަހެޅި މައްސަލަ:

CASE NO: 15/2018
25 އެޕްރީލް 2019

މައްސަލަ ލިބުނު ތާރީޚް : 02 އޭޕްރީލް 2018

މައްސަލަ ހުށަހެޅި ފަރާތް : އާންމު ފަރާތަކުން

މައްސަލަ:

ސިވިލް ސަރވިސް ކޮމިޝަނާއި ކައުންސިލް އިދާރާއާ ދެމެދު ބަދަލު ކުރެވުނު ލިޔެކިޔުންތައް ހޯދުމަށް ހުށަހެޅުމުން، ބައެއް ލިޔެކިޔުންތައް ލިބިފައި ނުވާތީ، ސިޓީތައް ހޯދައި ދިނުން އެދި.

މައްސަލަ ނިމި ފައިލު ކުރެވުނު ތާރީޚް: 26 އޭޕްރީލް 2018 

މައްސަލަ ބަލައި ނިންމިގޮތް:

މައުލޫމާތު ހޯދުމަށް ހުށަހެޅުމުން ދޭ ޖަވާބާ މެދު ހިތްހަމަ ނުޖެހޭނަމަ، އެއިދާރާގެ މުރާޖަޢާ ކޮމެޓީއަށް ހުށަހަޅައި، 30 ދުވަހުގެ މުއްދަތުގެ ތެރޭގައި ދޭ ޖަވާބާ މެދު ޝަކުވާ އެއް އޮތްނަމަ، އިސްތިއުނާފީ މަރުހަލާއަށް ހުށަހެޅުމަށް އެންގުނު.