ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލްގެ އިދާރާއިން މަޢުލޫމާތު ނުލިބުމުން ހުށަހެޅި މައްސަލަ:

CASE NO: 11/2018
15 ނޮވެންބަރު 2018

މައްސަލަ ލިބުނު ތާރީޚް : 19 ފެބުރުވަރީ 2018 

މައްސަލަ ހުށަހެޅި ފަރާތް : އާންމު ފަރާތަކުން

މައްސަލަ:

ނައިވާދޫ ހުކުރު މިސްކިތް، މަސްޖިދުލް އައްވާބީންގެ މަސައްކަތު މީހުންގެ ގޮތުގައި ތިބި ދެ މީހުން އަދާކުރާ ވަޒީފާގެ ތަފުސީލާއި، 2017 ޖުލައި 10 ވަނަ ދުވަހުން ފެށިގެން ދެމުންގެންދާ މުސާރައިގެ ތަފްސީލުގެ ކޮޕީއެއް އަދި 1438 ވަނަ އަހަރު އަޟްހާ ޢީދުގައި ނައިވާދޫ ކައުންސިލުން ބޭއްވި މުބާރާތުގެ އެންމެހައި ލިޔުންތަކުގެ ކޮޕީއެއް ހޯދުމަށް ހުށަހެޅުމުން މަޢުލޫމާތު ލިބިފައި ނުވާތީ، މަޢުލޫމާތު ހޯދައި ދިނުން އެދި.

މައްސަލަ ނިމި ފައިލު ކުރެވުނު ތާރީޚް: 26 މާރިޗު 2018

މައްސަލަ ބަލައި ނިންމިގޮތް:

މަޢުލޫމާތު ހޯދައި ލިބިގަތުގެ ޙައްޤުގެ ޤާނޫނުގެ 4 ވަނަ މާއްދާ ގެ (ހ) ގައިވާ ގޮތުމުގެ މަތިން ކަމާގުޅުންހުރި އިދާރާއަށް އެންގުމުން އެ އިދާރާއިން އެފަރާތަށް މަޢުލޫމާތު ފޯރުކޮށްދިން.