މޯލްޑިވްސް ޕޮލިސް ސަރވިސް އިން މަޢުލޫމާތު ނުލިބުމުން ހުށަހެޅި މައްސަލަ:

CASE NO: 09/2018
15 ނޮވެންބަރު 2018

މައްސަލަ ލިބުނު ތާރީޚް: 12 ފެބްރުވަރީ 2018

މައްސަލަ ހުށަހެޅި ފަރާތް: އާންމު ފަރާތަކުން

މައްސަލަ:

މައުލޫމާތަށް އެދި ހުށަހެޅި ފޯމުގައި އެދިފައިވާ މަޢުލޫމާތު ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތު ފަހަނައަޅާ ދިޔައިރުވެސް ޖަވާބު ލިބިފައި ނުވާކަމަށްބުނެ މަޢުލޫމާތު ހޯދައި ދިނުން އެދި. 

މައްސަލަ ނިމި ފައިލު ކުރެވުނު ތާރީޚް: 21 ފެބްރުވަރީ 2018

މައްސަލަ ބަލައި ނިންމިގޮތް:

ހުށަހަޅާފައިވާ މައްސަލަ އަކީ 2014/1 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރަށް ޝަކުވާ ހުށަހެޅޭނެ ޙާލަތެއް އޮވެގެން ހުށަހަޅާފައިވާ މައްސަލައަކަށް ނުވާތީ، ޙަވާލާ ދެވިފައިވާ ޤާނޫނުގެ 41 ވަނަ މާއްދާގައި ބަޔާންކުރާ މުރާޖަޢާ މަރުހަލާ ކުރިޔަށް ގެންދިއުމަށް ޖަވާބު ދެވުނު.