ވީލާ ކޮލެޖުން މަޢުލޫމާތު ނުލިބުމުން ހުށަހެޅި މައްސަލަ:

CASE NO: 07/2018
15 ނޮވެންބަރު 2018

މައްސަލަ ލިބުނު ތާރީޚް : 28 ޖަނަވަރީ 2018

މައްސަލަ ހުށަހެޅި ފަރާތް : އާންމު ފަރާތަކުން

މައްސަލަ:

2017 މެއި ގައި ނެގުނު ކްރިމިނަލް ލޯ 1 ގެ އިމްތިހާނުގެ ކަރުދާހުގައި ސުވާލުތަކަށް ޖަވާބު ދީފައިވާގޮތް ބެލުމަށް، ވިލާ ކޮލެޖަށް ހުށަހަޅާފައިވާ ފޯމުގައި އެދިފައިވާ މަޢުލޫމާތު ލިބިފައި ނުވާތީ، މަޢުލޫމާތު ހޯދައި ދިނުން އެދި.

މައްސަލަ ނިމި ފައިލު ކުރެވުނު ތާރީޚް: 30 ޖަނަވަރީ 2018

މައްސަލަ ބަލައި ނިންމިގޮތް:

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން މިއޮފީހަށް ބެލޭނީ ދައުލަތުގެ އިދާރާތަކާ ގުޅޭ މައްސަލަތައް ކަމަށާއި، މަތީ ތައުލީމާ ގުޅޭ ކަމަކަށްވާތީ، ހަޔަރ އެޑިޔުކޭޝަން ޑިޕާޓްމަންޓަށް ހުށަހެޅުން ރަނގަޅުވާނެ ކަމަށް ފެންނަކަމަށް ޖަވާބު ދެވުނު.